މާފަރު އެއަރޕޯޓުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
މާފަރު އެއަރޕޯޓުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސިޓީ ހޮޓާ ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓު، އީއޯއައި ހުށަހެޅުމުގެ ފުރުސަތުވަނީ އަންނަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ފެންވަރަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށާއި ބޭރުގެ އުދުހުންތަކަށް ބޭނުންކުރާ އެއަރޕޯޓެކެވެ.

 

މިއަދު އޮންލައިން