ޕީޕީއެމާއި ޕީއެންސީއަކީ ދެ ޕާޓިއެއްކަމަށް ނުދެކެނެ. ދެ ޕާޓީން މަސައްކަތްކުރަނީ ވަރަށް ބަދަހިކޮށް: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕީޕީއެމާއި ޕީއެންސީއަކީ ދެ ޕާޓިއެއްކަމަށް ނުދެކެނެ. ދެ ޕާޓީން މަސައްކަތްކުރަނީ ވަރަށް ބަދަހިކޮށް: ރައިސް

ޕީޕީއެމާއި ޕީއެންސީއަކީ ދެ ޕާޓިއެއްކަމަށް ނުދެކޭކަމަށާއި ދެ ޕާޓީން މަސައްކަތްކުރަނީ ވެސް ވަރަށް ބަދަހިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީއަކީ އެއް ބައެއްކަމަށާއި، އެއީ ދެޕާޓީއެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. ދެޕާޓީން މަސައްކަތްކުރަނީ އެއް ޕާޓީއެއްގެ ގޮތުގައިކަމަށާއި، އޮތީ ވަރަށް ބަދަހި ގުޅުމެއްކަމަށާއި ވަރަށް ރަނގަޅަށް ދެޕާޓީގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ސަފުތަކަށް ހީނަރުކަން ނާންނަކަމަށާއި، އެދެޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށްކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަނީ ހާމަކުރައްވާއިކަމަށެވެ. އަދި ދެޕާޓީން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއި ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންކަމަށްވެސް ލީޑަރޝިޕުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަނާއި ގުޅިގެން އެމްއެންޕީ އަދި އެމްޑީއޭ ދަނީ މަސައްކަތްކުރަމުންނެވެ. އެ ހަތަރު ޕާޓީގެ ތެރޭގައި އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމަށް ސަރުކާރު ކޯލިޝަނުން ބުނެއެވެ.

 

 

މިއަދު އޮންލައިން