އެމްޑީޕީ ސަރުކާރުގަ ބީއެމްއެލްއިން ބްލޮކްކުރި ބޭރުގެ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތުކުރެވޭ ގޮތް- އީވޮލެޓް-ގެ ޚިދުމަތް އަލުން ތަޢާރަފްކޮށްފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެމްޑީޕީ ސަރުކާރުގަ ބީއެމްއެލްއިން ބްލޮކްކުރި ބޭރުގެ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތުކުރެވޭ ގޮތް- އީވޮލެޓް-ގެ ޚިދުމަތް އަލުން ތަޢާރަފްކޮށްފި!

އެމްޑީޕީ ސަރުކާރުގަ ބީއެމްއެލްއިން ބްލޮކްކުރި ބޭރުގެ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތުކުރެވޭ ގޮތް- އީވޮލެޓް-ގެ ޚިދުމަތް އަލުން ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އަލުން ބޭރުގެ ޕްލެޓްފޯމުތަކުން ފައިސާގެ މުޢާމަލާތުކުރެވޭގޮތް މިއަދު ހަމަޖެހުމާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ، ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. އަދި މި ކާޑުތަކުގެ އިތުރުން ކާޑުގެ މައިގަނޑު އެކައުންޓެއްގެ ގޮތުގައި ޑޮލަރު އެކައުންޓާއެކު ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމު ކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ.

މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މާލީ މުޢާމަލާތްތަކަށް އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

 

މިއަދު އޮންލައިން