ޢީދާ ގުޅިގެން ރަށްތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ފޮނުވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 57ސ
ޢީދާ ގުޅިގެން ރަށްތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ފޮނުވައިފި

ޢީދާ މުނާސަބަތާގުޅިގެން ރަށްތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް ޤާއިމުވެފައިވާ ހުރިހާ ރަށްތަށް ފޮނުވާފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިކަމާގުޅޭ ގޮތުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސް ނިންމެވިގޮތަށް، އަތޮޅުތަކުގެ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށްތައް ޒީނަތްތެރިކުރުމަށް ނިންމައި، އެމަކަށް ބޭނުންވާ ސާމާނު މިހާރު ފޮނުވާފައިވާކަމަށެވެ. އަދި މާލެއާއި އަތޮޅުތަކުގައި މިހާރު ކުރަމުންދަނީ މި ސާމާނު އިންސްޓޯލްކުރުމުގެ މަސައްކަތެކެވެ. މިއާއެކު އިސްލާމީވަންތަކަން ދައްކައިދޭ ބޮކިތަކާއި ތަކުބީރުގެ އަޑުން ރައްޔިތުންނަށް ދިރުން ލިބިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މިދިޔަ އަލްޙާ ޢީދުގެ މުނާސަބަތުގައި ވަނީ އާއްމުކޮށް މަގުތަކުން ފެންނަ ބޮކިފަތިތަކުގެ ބަދަލުގައި އިސްލާމީވަންތަކަށް ދައްކުވައިދޭ ފަރުމާތަކަށް ލައިޓްޖަހާ ޒީނަތްތެރިކޮށް އަދި ތަކުބީރުގެ އަޑު މާލެތެރޭގައި ވަނީ އިއްވާފައެވެ. 

މިއަދު އޮންލައިން