އަންހެނުން ދެނަގަންނަންޖެހޭ މައްސަރު ކަންތަކާ ގުޅުންހުރި ކަމެއް! އެންޑޯމެޓްރިއޯސިސް އަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 1މ 42ސ
އަންހެނުން ދެނަގަންނަންޖެހޭ މައްސަރު ކަންތަކާ ގުޅުންހުރި ކަމެއް! އެންޑޯމެޓްރިއޯސިސް އަކީ ކޮބާ؟

ޢަލީ އިޙްޞާން ފިރާޤް 

 

ރަހިމު ނުވަތަ ޔޫޓެރަސް ގެ އެންމެ އެތެރެ ފަށަލަ އުފެދިފައި ހުންނަނީ އެންޑޯމެޓްރިއަމް އޭ ކިޔާ ޓިޝޫއަކުންނެވެ. މައްސަރުގެ ދުވަސްވަރު މި ޓިޝޫތައް ބޯވެ، ފަޅައިގެން ގޮސް ލޭ އާދެއެވެ.

އެންޑޯމެޓްރިއޯސިސް އަކީ މިދެންނެވި ރަހިމުގެ އެންމެ އެތެރެ ފަށަލައިގެ ޓިޝޫކަމަށްވާ އެންޑޯމެޓްރިއަމް ޓިޝޫތައް ރަހިމުން ބޭރުގެ ކޮންމެވެސް ތަނެއްގައި އުފެދުމެވެ. އޭގެ ސަބަބުން މައްސަރުގެ ދުވަސްވަރު ރަހިމުގައި ހުންނަ އެންޑޯމެޓްރިއަމް ޓިޝޫތަކުން ލޭފައިބާ ފަދައިން ރަހިމުން ބޭރުގައި އަށަގެންފައިވާ ޓިޝޫތަކުންވެސް ލޭ އަންނާނެއެވެ. ނަމަވެސް ރަހިމުން އަންނަ ލޭ ބޭރުކުރެވޭ ފަދައިން ރަހިމުން ބޭރުގައި އުފެދޭ ލޭ ބޭރުކުރެވޭނެ ގޮތެއް ނުހުރެއެވެ.

އެންޑޯމެޓްރިއޯސިސް ހުންނަ ފަރާތްތަކަށް ފެންނަ އެންމެ ބޮޑު އެއް އަލާމަތަކީ މައްސަރުގެ ދުވަސްވަރު މާބޮޑަށް ތަދުވުމާއި، މައްސަރުގެ ދުވަސްވަރު އާދަޔާޚިލާފަށް ލޭފޭބުމެވެ. މީގެ އިތުރުން ޖިންސީ ގުޅުން ހިންގާއިރު ތަދުވުމަކީވެސް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ.

އެންޑޯމެޓްރިއޯސިސް ގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިމައިވުމަށް އުނދަގޫވުމެވެ. އަންހެނާގެ ބިހާއި، ފިރިހެން މީހާގެ ދަރިފަނި ބައްދަލުވެ ފާޓިލައިޒްވަނީ ފެލޯޕިއަން ޓިއުބުގައެވެ. އެންޑޯމެޓްރިއޯސިސް ގެ ސަބަބުން ފެލޯޕިއަން ޓިއުބް ބެދި ފާޓިލައިޒް ވުމުގެ ޕްރޮސެސްއަށް ހުރައަޅައެވެ. ކުޑަ މިންވަރަކަށް ނުވަތަ މެދު މިންވަރަކަށް އެންޑޯމެޓްރިއޯސިސް ހުންނަ ފަރާތްތަކަށް ދަރިމައިވުމުގެ މައްސަލައާ ކުރިމަތިލާން ނުޖެހިދާނެއެވެ. ނަމަވެސް އެންޑޯމެޓްރިއޯސިސް ހުންނަ ނަމަ އަވަހަށް ދަރިޔަކު ހޯދުމަށް ޑޮކްޓަރުން އިރްޝާދު ދެއެވެ. އެއީ ދުވަސްވީވަރަކަށް އެންޑޯމެޓްރިއޯސިސް ގެ އަސަރު ބޮޑުވެގެންދާތީއެވެ.

އެންޑޯމެޓްރިއޯސިސް އެއްކޮށް ރަނގަޅު ކުރެވޭނެ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. އާއްމުކޮށް ފަރުވާ އަމާޒުކުރަނީ އަލާމާތްތައް ކޮންޓްރޯލް ކުރުމަށެވެ. ތަދުކަނޑުވާ ބޭހާއި، ހޯމޯނަލް މެޑިސިން އަކީ އެންމެ އާއްމުކޮށް އެންޑޯމެޓްރިއޯސިސް ފަރުވާ ކުރުމަށް ދެވޭ ބޭސްތަކެވެ

 

މިއަދު އޮންލައިން