ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ވުޟޫމަތީގަ ގިނައިރު ހުރުމުން ލިބޭނެ ފައިދާއެއް ބުނެބަލަ!
އެހީ: ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ވުޟޫމަތީގަ ގިނައިރު ހުރުމަކީ ސިޙުރާއި އެސްފީނާ ޖެހުމުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި އެއީ ސާފުތާހިރުކަންމަތީގައި ހުރުމުގެ އެންމެ މަތީދަރަޖައިގައި ހިމެނޭ ޢަމަލެކެވެ. ބިލާލްގެފާނު ފާޚާނާއެއް ކުރެއްވެވުމާއިއެކު ވުޟޫކުރައްވަވައެވެ. އަދި 2 ރަކްޢަތް ނަމާދެއް ކުރައްވަވައެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.