ޑޮލަރުގެ އަގު ދަށަށް ދަނީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ އަގު ދަށަށް ދަނީ، މަޝްރޫޢުތައް ހުއްޓާލާފައިވުމުން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާއި ގުޅިގެން ސަޢީދު ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ޤައުމުގެ މާލީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށާޢި މި ޑޮލަރުގެ އަގު ދަށަށް ދަނީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ދަނީ އެހެން އެއްވެސް ވެރިކަމެއްގެ މިހާ ކުރީކޮޅު ނުދާ ބާރުމިނެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.