އީރާނުގެ އެމްބަސީއަށް ދިން ނުރައްކާތެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އީރާނުގެ އެމްބަސީއަށް ދިން ނުރައްކާތެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސޫރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން ޔަހޫދީ ފައުޖުން ދިން ނުރައްކާތެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މި ޙަމަލާއާ ގުޅިގެން ނެރުއްވި ބަޔާނުގައި މި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުތަކުގައި ހުންނަ މިފަދަ ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި ބަޔާނުގައި ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

މި ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ 7 މުޝީރުންނާއި އިސް 3 ކޮމާންޑަރުން ޝަހީދުކޮށްލާފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓައް ބުނެއެވެ.

 

މިއަދު އޮންލައިން