މިސްކިތްތަކުން ފަންކާ ވަގަށްނަގައި ވިއްކާ ވަގެއް އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިސްކިތްތަކުން ފަންކާ ވަގަށްނަގައި ވިއްކާ ވަގެއް އަތުލައިގެންފި

މިސްކިތްތަކުން ފަންކާ ވަގަށްނަގައި ވިއްކާ ވަގެއް އަތުލައިގެންފިއެވެ. 

ފުލުހުންގެ ބަސް:

އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު އޭޕްރީލް 1 ވަނަ ދުވަހު  ވަނީ ހައްޔަރުކޮށްފައި.

މިމީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ  ފަންކާއެއް ހިފައިގެން ދަނިކޮށް އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިން. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރުވަނީ ހޯދާފައި. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވޭ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހާ.

މި މައްސަލަފުލުހުން ގެންދަނީ ތަޙްޤީޤްކުރަމުން

ފުލުހުން މިމޭރުމުން ބުނެފައިވާއިރު މިސްކިތްތަކުގެ ތަކެއްޗަށް ގެއްލުންދޭ މައްސަލައެއް މާލެސިޓީގެ ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

 

މިއަދު އޮންލައިން