ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެވެ.
އަޅާނުލުމުގެ ސަބަބުން ހަލާކުވެ ވަރަށް ބޮޑަށް ވީރާނާވެފައިވާ ފެންއަރުވާ ވަޑާން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް އަލުން މަރާމާތުކޮށް، ކުޑަޢީދަށް ހުޅުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިމަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެނެވެ.