ހަދިޔާކުރާ ކާޑުގެ ބާވަތްތަކާ ހަވާލުވާން އެސްޓީއޯ އިން އިތުރު ފުރުޞަތެއް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
ހަދިޔާކުރާ ކާޑުގެ ބާވަތްތަކާ ހަވާލުވާން އެސްޓީއޯ އިން އިތުރު ފުރުޞަތެއް ދީފި

ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވަތްތަކާ ހަވާލުވާން އެސްޓީއޯ އިން އިތުރު ފުރުޞަތެއް ދީފިއެވެ.

މިކަމާގުޅިގެން އެސްޓީއޯއިން ބުނީ، މާލެ ސަރަހައްދުން ކާޑުގެ ބާވަތްތަކާ ހަވާލުވާން ހުޅުވާލ؛ި ފުރުޞަތުގައި އެތަކެތި ނުގެންދެވުނު ފަރާތްތަކަށް އެސްޓީއޯގެ ކާޑު ގުދަނުން މިހާރު އެތަކެތި ލިބޭނެ އިންތިޒާމްހަމަޖެހިފައިވާ ކަމަށާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ދޫކުރަމުންދާނެކަމަށެވެ.

މި ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން