ޣައްޒާގައި މަސައްކަތްކުރާ އިޖްތިމާޢީ ޚިދުމަތްތެރީންނަށް ޔަހޫދީ ފައުޖުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ޣައްޒާގައި މަސައްކަތްކުރާ އިޖްތިމާޢީ ޚިދުމަތްތެރީންނަށް ޔަހޫދީ ފައުޖުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގައި މަސައްކަތްކުރާ އިޖްތިމާޢީ ޚިދުމަތްތެރީންނަށް ޔަހޫދީ ފައުޖުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

"ވޯލްޑް ސެންޓްރަލް ކިޗަން" ގައި މަސައްކަތްކުރާ ބަޔަކަށް އަމާޒުކޮށްގެން ޔަހޫދީ ފައުޖުން ދިން މިހަމަލާގައި 7 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މިކަމާގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، ވަކި ބަޔަކަށް އަމާޒުކޮށްގެން މިފަދަ ޙަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ޣައްޒާގައި އިޖްތިމާޢީ މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔަހޫދީ އިޒްރޭލުން ހުރަސްއަޅަމުންދާކަން ފާހަގަކޮށް، އެކަން ރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި "ވޯލްޑް ސެންޓްރަލް ކިޗަން" އަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

މިއަދު އޮންލައިން