ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމާގުޅޭ ތަފްސީލްތައް ހިއްސާކުރައްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދަޅުވީ މިއީ ދެފަރާތުން ގުޅިގެން މަޝްރޫޢު ކުރިއަށްގެންދިޔުމަށްވެފައިވާ އެއްބަސްވުމެއް ކަމަށާއި މިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި މެދުއިރުމަތީގެ ޤައުމުތަކުގައި އިންވެސްޓުމަންޓު ފޯރަމްތައް ބާއްވާއިރު މި މަޝްރޫޢުއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ ފެބްރުއަރީމަހު ކެލާއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން