ދަރިފުޅަށް 5 ގަމީސް ލިބޭ މިއަދުގެ ސުވާލު: ޢީދު ދުވަހު އެންމެ މުހިންމީ ޢީދުނަމާދުކުރުންތަ؟ ފަތިސްނަމާދުކުރުންތަ؟
އެހީ: 2 ޢީދުގައިވެސް ޢީދުނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. ފަތިސްނަމާދަކީ ފަރުޟު ނަމާދެކެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ފަތިސްނަމާދުކުރުމަށެވެ.
ބޭރުގެ ބައެއް ޢިލްމުވެރިން އިމާމްވެ ޢީދުނަމާދު ކުރައްވަން ފެށްޓެވުމުގެ ކުރިން ފަތިސްނަމާދުނުކުރެވި ތިބި މީހުންގެ ކިބައިން ފަތިސްނަމާދުކުރުމަށް އިލްތިމާސްވެސް ކުރައްވައެވެ.
މިއީ ރާއްޖޭގައިވެސް އޮތް ވަރަށް ދެރަ ނިކަމެތި އާދައެކެވެ. ޢީދުނަމާދަށްދާ ގިނަ ބައަކު ފަތިސްނަމާދަށް އިހްމާލުކުރާކަން ފާހަގަކުރެވެއެވެ. އިޞްލާޙްކޮށްލައި ފަތިސްނަމާދަށް ދޭ ސަމާލުކަން އިތުރުކޮށްލަމާތޯއެވެ!
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކުޑަކުދިންގެ އެކި ސައިޒުގެ 5 ގަމީސް ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.