ވައިގެމަގުން ބަލިމީހުން އުފުލުމަށް ޚާއްސަ މަތިންދާބޯޓު އެއަރ އެމްބިއުލާންސްގެ ފުރަތަމަ 1 މަސްދުވަހު 66 ދަތުރު ކޮށްފިއެވެ.
މިކަމާގުޅިގެން މޯލްޑިވިއަނުން ބުނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކޮށް ފުރަތަމަ 1 މަސްދުވަހު 66 އިވަކުއޭޝަން ހަދާފައިވާކަމަށާއި މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެއްކަމަށެވެ
"އެއަރ އެމްބިއުލާންސް"ގެ ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1ވަނަ ދުވަހުއެވެ. މި ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ފުރަތަމަ ޚިދުމަތެކެވެ.