އަސާސީ މުދާ އެތެރެކުރަން މީގެ ކުރިން ކޯޓާ އިތުރުކޮށް ނުދޭ މިންވަރަށް އިންޑިއާއިން ކޯޓާ އިތުރުކޮށްދީފިއެވެ.
އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެއްޔެވެ. މީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފައެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. އެއީ 25 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު 1981 ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން'ގެ ދަށުން މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަމަށް ރާއްޖޭގައި ހުންނަ އިންޑިއަ ހައިކޮމިޝަނުން ބުންޏެވެ.