ފިޠުރު ޢީދަށް ލައިޓް ދިއްލުމުގެ ބޮޑު ހަރަކާތް ހޯމަދުވަހުގެ ރޭ އޮންނާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ފަތުޙީ ވިދާޅުވީ މި ހަރަކާތް ހިންގާ ހުރިހާ ރަށްތައް އެއްފަހަރާ އެއްވަގުތެއްގައި ދިއްލާލުމުގެ ބޮޑު ހަރަކާތެއް ހޯމަ ދުވަހުގެ ތެރޭ އޮންނާނެކަމަށާއި މި ހަރަކާތް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
މިހަރަކާތުގެ ތެރޭގައި ޢީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ. މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި ޢީދަށް ޚާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ.