ކުށްކުރާ ކުދިން އިސްލާހު ކުރުމަށް މަރުކަޒުތަކެއް އެކަމަށް ހާއްސަ ރަށެއްގައި ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
"ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޓާސްކްފޯސް"އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ލޯންގް ޓާމް ކެއާ ފެސިލިޓީއެއް އެޅުމަށް ގާނޫނުން ލާޒިމް ކުރާ ކަމަށެވެ. އެ ކެއާ ފެސިލިޓީއަކީ އެޓް ރިސްކުގައި ތިބޭ ކުދިން މުޖްތަމައުގައި ތިބެގެން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލްކުރެވި ދިގު މުއްދަތަށް މުޖްތަމައުއިން އެކަހެރިކޮށް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ފެސިލިޓީއެއްގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ކަމަށް ގަބޫލްކުރެވޭ ހާލަތުގައި އެގޮތަށް ކަން ކުރުމަށް އޮންނަން ޖެހޭ ފެސިލިޓީއެއް ކަމަށެވެ.
އެހެން ކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީ އެ ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ.
“އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކަށް ނުބެލެހެއްޓި އަހްލާގީ ގޮތުން މުޖްތަމައުން އެކަހެރިވެގެންދާތަން ފެނި އަދި އެކި އެކި ކުށްތަަކަށް އަރައިގަންނަ ފަރާތްތަކާިއެކުގައި ކުށުގެ މާހައުލުން ތަކުރާކުރުން ފުލުހުންނާ ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. އެ ނެގޭ ނެގުން އަންނާނީ ގާނޫނު ގެ ތެރެއިން ބުނާ ގޮތުން ކޯޓު ހުކުމެއްގެތެރެއިން." ވަޒީރު ވިދާޅުވިއެވެ.