ބޭނުންވާ ތަކެތި
3 އަލުވި
1 ދަޅު މަސް
7 ބިސް
ހިކަނދިފަތް ކޮޅެއް
1 ބޮޑު ފިޔާ
ލުނބޯ ފަޅިއެއް
1 ގިތިޔޮ މިރުސް
ލޮނު

ތައްޔާރުކުރާނެ ގޮތް:
އަލުވި ފެނުކައްކަން އުނދާށެވެ. ފިޔާ، މިރުސް އަދި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ. އަލުވިތައް މަޑުވީމައި ރީތިކޮށް ޗަސްކޮށްލާފައި އިހަށް ބަހައްޓާށެވެ. ކުރިން ކޮށާފައި ހުރި ތަކެތި ބޮޑު ބޯތައްޓަކަށް އަޅާލާށެވެ. މީގެ ތެރެއަށް ލުނބޯހުތް، ލޮނު އަދި މަސް އެޅުމަށްފަހު ރީތިކޮށް މޮޑެލާށެވެ. މަސްގަޑު ތެރެއަށް ޗަސްކޮށްފައި ހުރި އަލުވިތައް އަޅާލުމަށްފަހު އެއްކޮށްލާށެވެ. ބިސްތައްވެސް އަޅާލުމަށްފަހު އެއްކޮށްލާށެވެ. ލޮނު ހޮޔޮވަރު ކޮށްލުމަށްފަހު ތަވަލަށް އަޅާ ފިހެލާށެވެ.