ސަލީމަކީ މަޖިލީހުގަ ޚިދުމަތްކުރެއްވުމުގެ ލާމަޘީލު ނަމޫނާ މެންބަރެއް!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސަލީމަކީ މަޖިލީހުގަ ޚިދުމަތްކުރެއްވުމުގެ ލާމަޘީލު ނަމޫނާ މެންބަރެއް!: ރައީސް ޑރ. މުޢިއްޒު

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފުރަތަމަވެސް ސަލީމް މީ ލާމަސީލު މަޖިލިސް މެންބަރެކޭ. އަޅުގަނޑު ކުރިންވެސް، އެންމެފަހުން އޭދަފުށީގަ ބޭއްވި ޖަލްސާގަވެސް ކުޑަކޮށް އަލި އަޅުވާލި ވާހަކައެއް،  ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގެ މެންބަރަކު ކުރައްވަން ޖެހޭނެ މަސައްކަތް އެންމެ ފުރިހަމަޔަށް ކުރައްވާ، އެންމެ ފުރިހަމައަށް ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާ ބޭފުޅެއް. ކުރީގަ އަޅުގަނޑު އަދާކުރި ހައުސިންގް މިނިސްޓްރީގެ މަޤާމުގަ ހުރި އިރުގަ ގިނަ އަހަރުތަކަކަށް ދާއިރާގެ ތަރައްޤީއަށްޓަކައި ކުރެވުނު ހުރިހާ ކަމެއްގައި ލާމަސީލު ކަމާއެކީގައި، ދެވަނަ ބަހެއް އޭގަ އަޅުގަނޑަށް ބެނުން ނުވެސް ކުރެވޭހާ ހަމަ ފުރިހަކައަށް ލާމަސީލުކަމާއެކީގަ ޢިއްޒަތްތެރި މަޖިލިސް މެންބަރެއްގެ ކިބައިން ފެނިވަޑައިގަންނަވަންޖެހޭ ހުރިހާ ޒިންމާދާރު ކަމަކާއެކީގަ އިޚްލާސްތެރި ކަމަކާއެކީގަ މަސައްކަތް ކުރެއްވި ބޭފުޅެއް. އަދި މިޙާރުވެސް އެ ވަޑައިގަންނަވަނީ ކުރައްވަމުން. 

އެހެންވީމަ ދެވަނަ ވިސްނުމަކަށް ދާއިރާގެ ރައްޔިތުން ވަޑައިގަންނަވާނެ ކަމެއް ނެތް މިކަމުގަ. ވަޑައިނުގެންނެވުމަކީ ހަމަ އަޅުގަނޑު ޔަޤީންކުރާ ކަމެއް ތިބޭފުޅުން އެކަން ކުރައްވާނީ އެހެންކަން. އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން މި ދާއިރާގެ ތަރައްޤީއަށްޓަކައި، މިރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފަ އެބަހުރި ވަރަށް ގިނަ މަސެއްކަތް. އެ ހުރިހާ ކަމެއް ކުރުމުގަ އަޅުގަނޑަށް ވަރަށް މުހިއްމުވާނެ މިގޮތަށް މި ލާމަސީލުކަމާއެކީގަ އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުންދޭނެ ބޭފުޅުން މަޖިލީހުގަ ތިބޭފުޅުންގެ ފަރާތްޕުޅުން އިންނެވުން. އެހެންވީމަ، ހުރިހާ ބޭފުޅުން އެކަތިގަނޑަކަށް ވެ ވަޑައިގެން އަޅުގަނޑުގެ ފުރިހަމަ އިތުބަރު އޮތް، އަޅުގަނޑުގެ 100 ޕަސެންޓު ތާއީދުއޮތް ސަލީމް ކެނޑިޑޭޓަ ނަންބަރު 1 ހޮއްވަވާ ދެއްވުމަކީ އަޅުގަނޑު ދާއރާގެ ހުރިހާ ރައްޔިތުންކިބައިން އެދޭ ކަމެއް. އަޅުގަނޑު ޔަޤީންކުރަން އެކަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން 

މިއަދު އޮންލައިން