ހިތްހަމަނުޖެހިގެން ރައްޔިތަކު ވާހަކަދެއްކި ނަމަވެސް ރައީސް ޑރ. މުޢިއްޒު ކެތްތެރިކަން އިސްކުރައްވާކަން އެއީވެސް އެމަނިކުފާނަށް ރައްޔިތުން ތާއީދުކުރަންޖެހޭ ސަބަބެއް!: ރެޑްވޭވް ސަލީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 21ސ
ހިތްހަމަނުޖެހިގެން ރައްޔިތަކު ވާހަކަދެއްކި ނަމަވެސް ރައީސް ޑރ. މުޢިއްޒު ކެތްތެރިކަން އިސްކުރައްވާކަން އެއީވެސް އެމަނިކުފާނަށް ރައްޔިތުން ތާއީދުކުރަންޖެހޭ ސަބަބެއް!: ރެޑްވޭވް ސަލީމް

އާދެ، އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް ދަންނަވާލަން ޖެހެނީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ، މިހާ ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެން ގޮވާލި ގޮވާލުމަށް، މި ކުޑަ ޙަފްލާގައި ބައިވެރުވެ ވަޑައިގެން ދެއްވިކަމަށްޓަކާ މަނިކުފާނަށް ފައްފަށުން ޝުކުރު ދަންނަވަން. 

އަޅުގަނޑުމެން ކެނޑިޑޭޓުން އެކަން ދަންނަންވާނެ. އަޅުގަނޑުމެން ކެނޑިޑޭޓުންނާ އެކީގަ ހުރިހާ ގެއަކަށް ވަޑައިގަންނަވާ އެގެއަކުން އެދޭ ކަންތައްތަކާ ބެހޭގޮތުން އެމަނިކުފާނު ގެންދަވަނީ ޖަވާބު ދެއްވަމުން، އެއްވެސް ޖެހިލުމެއް ނެތި. އަދި ބައެއް ޙާލްތަތަކުގަ ތަންކޮޅެއް ހިތްހަމަ ނުޖެހިގެން އަންނަ ބޭފުޅުންވެސް ކަންކަމާ ބެހޭގޮތުން އެބަ ސުވާލު ކުރައްވާ. އެހެން ނަމަވެސް، އެއިން މީހަކާ ދޭތެރޭގައިވެސް އެއްވެސް ހިތްޕުޅު ހަމަޖެހުމެއްނެތި އެމަނިކުފާނު އެގެންދަވަނީ އެބޭފުޅުންނަށް، އެބޭފުޅުން އެކުރައްވާ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން. މީ ވެރިއެއްގެ ގައިގައި ހުންނަންޖެހޭ އެންމެ މާތް ސިފަޔަކީ. އަޅުގަނޑު އެކަމަށްޓަކާ މަނިކުފާނަށް އަދިވެސް ފައްފަށުން ޝުކުރު ދަންނަވަން. 

އަޅުގަނޑުމެންނަށް ޙަޤީގަތުގަ ވެރިންނަކީ ރައްޔިތުން ކުރާ ސުވާލުތަކަށް ރައްޔިތުން ހިތްހަމަ ނުޖެހިގެން އަޔަސް، އެމީހުންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންތައް ހިތާ މީހުންނަކީ އެއީ ދަޢުލަތުގެ ވެރިންނަކީ. އެއީ ޤައުމުގެ ވެރިންނަކީ. އެހެންނޫނިއްޔާ އެމީހުންނަކަށް އަޅުގަނޑުމެންނަކަށް ވެރިންނެކޭ ނުބުނެވޭނެ.

އަޅުގަނޑުމެންނަށް އެނގޭނެ ކުރީގެ ތާރީޚްތަކުން ބަލައިލާއިރުގަވެސް އަޅުގަނޑުމެންނަށް ފެނިގެންދާނީ ހަމަ އެގޮތް، އެ، އެމިސާލު. އަޅުގަނޑުމެން މިސާލު ނަގަން މިޖެހޭ ކަމަކީ އިސްލާމީ ތާރީޚުގައި އަޅުގަނޑުމެންނަށް ދިމާވެފަ އެބަހުރި ވަރަށް ގިނަ ޙާލަތްތަކުގައިވެސް މިހެން އަންނަ ބޭފުޅުންނާ ދޭތެރޭގައި ޚަލީފާއިން ކަންތައްތައް ކުރައްވާފަ ހުރީ މި ގޮތަށް. 

ޢުމަރު ބުނުލް ޙައްޠާބް އާ ބެހޭގޮތުން އަޅުގަނޑު ވަރަށް ގިނައިން ވާހަކަދައްކަން. ޢުމަރުގެފާނަކީ އޭރުގެ ޚަލީފާއިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޚަލީފާ. އެހެންވީމަ މީގެތެރެއިން އަޅުގަނޑުމެން މިސާލު ނަގަންޖެހޭ. އެ މިސާލާއިގެން ކުރިއަށް ދިޔައީމަ ނޫނިއްޔާ އަޅުގަނޑުމެންނަށް މީގެ އެންމެ ޙަޤީގަތާ އެއްގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ.

އެއްފަހަރަކު ޢުމަރުގެފާނު، މީގެ އަސްލު ތަންކޮޅެއް ދިގުކޮށް ކިޔާލަންޖެހިއްޖެއްޔާ އަޅުގަނޑު މިކަހަލަ ކުރުވަގުތެއްގައި ވަރަށް އުނދަގޫ ވާނެ އެއްކޮށް ކިޔާލަދޭން. ޔަމަނުކަރައިން އައި ފޮތިތަކެއް. ކޮންމެއަކަސް މި ފޮތިތައް ޢުމަރުގެފާނު ބަހާލެއްވީ ހަމަ ހުރިހާއެންމެންނަށް ހަމަހަމައަށް. ބަހާލައްވާފައި، ޖެހިގެން އައި ހުކުރު ދުވަހު ޢުމަރުގެފާނު ވަޑައިގެންނެވީ އެ ފޮތިން ހެދުމެއް ތުރުކުރައްވައިގެން. ކޮންމެއަކަސް އެ ހެދުން ތުރުކުރައްވައިގެން އައިސް ޚުތުބާ ކިޔުއްވަމުން ވިދާޅުވަނީ " އަހާށޭ، ކިޔަމަންވާށޭ. " ކީކޭތޯ އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ސަލްމާނު ބުން ޤާސް ކަހަލަ ބޭފުޅުން ވިދާޅުވަނީ އަޑެއްވެސް ނާހާނަމެ، ކިޔަމަނެއްވެސް ނުވާނަމޭ. ކީއްވެގެންތޯ ސުވާލު ކުރީމަ ވިދާޅުވީ، އެއީ ކިހިނެއްތޯއޭ ކަލޭގެފާނު ތިޔަ ހެދުން ފައްސަވާފަތީ؟ ކިހިނެއް ހޯދި ފޮއްޗަކުންތޯއޭ. މި ބެހި ފޮއްޗަކުން ކަލޭގެފާނަކަށް (އުމަރުގެފާނަކީ ދެން ވަރަށް އިސްކޮޅުން ކުރުބޭކަލެއް) އެހެންމަ އެ ފޮތިކޮޅަކުން ކަލޭގެފާނަކަށް ތިހެދުމެއް ނުފެހޭނެއެވެ. މި ހުންނެވީ ޚުތުބާ ދެއްވާށޭ އިނގޭތޯ. ހުތުބާ ދެއްވަންހުއްޓަ މި ސުވާކު މިކުރަނީ. ސުވާލުކުރެއްވީމަ ޢުމަރުގެފާނު އެކަލޭގެފާނު ދަރިކަލުންނަށް މި އެންގެވީ އިބްނު ޢުމަރަށް ޖަވާބު ދެއްވާށޭ، ހުކުރު. އެކަލޭގެފާނު ޖަވާބު ދެއްވީ، އެކަން ވީގޮތަކީ، ތިމަންކަލޭގެފާނަށް ލިބުނު ފޮތިކޮޅު ޢުމަރުގެފާނަށް ދެއްވީއްޔޭ. އެ ދެބައި އެއްކޮށްލައިގެންނޭ ޢުމަރުގެފާނު އެ ހެދުންފުޅު ފެއްސެވީ. އެހާހިސާބުން ދެން އެބޭކަލުން ޤަބޫލުކުރީ. 

އެހެން ޙާދިޘާއެއްގަ، ކަންތައްތައް ވެގެން ދިޔަ ޙާދިޘާއަކީ، އަންހެނުންގެ ރަނުގެ ކަންތައް ތަންކޮޅެއް މައްޗަށް ގެންގޮއްސައޮތީ. ތަންކޮޅެއް އަގުބޮޑުކޮށް ކިޔަންފެށީ. ދެން ކޮންމެޔަކަސް އެދުވަސްވަރު ނުވަތަ މީހުންނަށް ތަންކޮޅެއް އުނދަގޫވީ އެ ރަން ގެނުވަން. އުނދަގޫވީ އެ ހާލަތުގަދިމާވީ ކިހިނެއްތޯ. އަންހެން ބޭފުޅުންނާ ޢުމަރުގެފާނު ބައްދަލުކޮށް އެމީހުންނާ މަޝްވަރާ ކުރެއްވީ. މަޝްވަރާ ކުރެއްވި ތަނުން ވީގޮތަކީ، އެތަނުން އަންހެން ބޭކަނބަލކު ވިދާޅުވީ ތީޔަކީ ޢުމަރުގެފާނަށް ކުރެއްވޭނެ ސުވާލެއް ނޫނޭ. ތިމަންމެންނަށް ޤުރުއާނުގައި މާތްﷲ ދެއްވާފައޮތް ބާރެކޭ. އެހެންމަ، އެ ބާރާ ބެހޭގޮތުން ކަލޭގެފާނަކަށް ސުވާލެއް ނުކުރެއްވޭނޭ. ޢުމަރުގެފާނު ވިދާޅުވީ، އެވިދާޅުވީ ޙައްޤު ތެދެބަހެވެ. 

އެހެންމe މި ޒަމާންތަކުގައި އަޅުގަނުމެންނަށް ފެނިގެންމިދަނީ މިއަދު އަޅުގަނޑުމެންނަށް ޑރ.މުޢިއްޒު، ރައީސުލް ޖުލްޙޫރިއްޔާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ދާދިފަހުން އަޅުގަނޑުމެންނަށް ހަމަ އަނެއްގޮތަށް ޒުވާބުކުރާ ޙާލަތުގަ ހަމަ އައިސް ކުރިމައްޗަށްލީ. އަނެއްހެން ދަންނަވާނަމަ ސެކިއުރިޓީންވެސް ކޮންމެސް ވަރަކަށް އެކަން ހުއްޓުވުމަށް މަސެއްކަތްޕުޅުވެސް ކުރެއްވި، އެހެން ނަމަވެސް އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އެކަން، އެބޭފުޅުންނަށް ގޮވާފަ އެމީހުންނާ ކުރިމަތިލައްވައި، އެ ކުރެއްވު ހުރިހާ ސުވާލުތަކަކަށް ހަމަ ފުރިހަމައަށް ޖަވާބުދެއްވާ އެމީހުންނަށް ސާފުކޮށްދެއްވި ކަން ހިނގިގޮތް. މީ ވެރިންގެ ކިބައިގަ ހުންނަންޖެހޭ ސިފައަކީ. 

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ މިއަދު ރައީސުލް ޖުމްޙޫރިއްޔާ އެކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވާންވާނީ، އަޅުގަނޑުމެން ހުރިހާ މެންބަރުން ހޮވުމަށްފަހުގައި އަޅުގަނޑުމެން ރައީސުލް ޖުމްޙާރިއްޔާއަށް ހަރާންކޯރުވެގެން ނުވާނެ. އެމަނިކުފާނު އަތްޕުޅުގަ ހިފައިގެން ގެންގޮސް ގޭގެއަށް ވައްދާއިރު ހުރިހާ ވަޞީލަތް ދީފަ ހުރިހާ ކަމެއް ކޮށްދީފަ ހޮވިގެން އައީމަ ދެން ސަރުކާރަށް، އެމަނިކުފާނަށް ހަރާންކޯރުވުމަކީ އެއަށްވުރެން ދެން ކޮން ނުބައި ކަމެއްތޯ އޮންނާނީ. އެހެންމަ އަޅުގަނޑު ހުރިހާ މެންބަރުންނަށް ގޮވާލަން ހޮވުމަށްފަހުގައި މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުރިހާ މެންބަރުން ކުރަން ޖެހޭނެއެވެ. އަޅުގަނޑު މިހިރީ ރެޑީގަ، އަޅުގަނޑު މިހިރީ މިސަރުކާރު ދެމެހެޓުމަށްޓަކާ ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދުކުރެއްވިއްޔާ ކުރާނަން. ގޮނޑިވެސް އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ވާޤިފުޅާއެކީ ކާމިޔާބު ކުރާނަން. އަދި އިރާދުކުރެއްވިއްޔާ މި ޕާޓީއަށް މެޖޯރިޓީ ހޯދުމަށްޓަކާ އަޅގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ވާޞީލަތެއްގެ ބޭނުންވެސް ކުރާނަން.

- އަހްމަދު ސަލީމްގެ ވާހަކަފުޅުން

 

މިއަދު އޮންލައިން