ޢީދަށް ކުކުޅާ އިތުރު ބައެއް ބާވަތްތައް އުފުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޢީދަށް ކުކުޅާ އިތުރު ބައެއް ބާވަތްތައް އުފުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި!

ޢީދަށް ކުކުޅާ އިތުރު ބައެއް ބާވަތްތައް އުފުފަންވެލި ޝޮޕްތަކުން ވިއްކާއަގުތައް ހެޔޮކޮށްފިއެވެ. 

މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޢީދު ޕްރަމޯޝަންގައި 1 ކިލޯގެ ކުކުޅެއް ވިއްކާނީ އެންމެ 45 ރުފިޔާއަށެވެ. 1200 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 55 ރުފިޔާއަށެވެ. 1400 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 60 ރުފިޔާއަށެވެ. 900 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 44 ރުފިޔާއަށެވެ.

މީގެ އިތުރުން މިޕްރަމޯޝަންގައި އަންނާރުކިލޯއެއް 55 ރުފިޔާއަށް، ފޭރުކިލޯއެއް 70 ރުފިޔާއަށް އަދި ޕެޝަންފރުޓް ކިލޯއެއް 110 ރުފިޔާއަށް ވިއްކާނެއެވެ. 

މިބާވަތްތައް ހޯލްސޭލްކޮށް ނަންގަވާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓެއް ލިބިލައްވާނެއެވެ. 

މިބާވަތްތަކުގެ އިތުރުންވެސް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ހެޔޮއަގުގައި ވިއްކަމުންނެވެ.

 

މިއަދު އޮންލައިން