ބޭނުންވާ ތަކެތި
2 ލާހި ސާގު
1 ދަޅު ގެރިކިރު
1 ލާހި ހަކުރު
ފޮނިތޮށި ( 2 އިންޗީގެ 3 އެތިކޮޅު )
8 ކާފޫރު ތޮޅި
ރާނބާފަތް ( 3 އިންޗީގެ 4 ފަތްކޮޅު )
ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފެން އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ފެންފޮދު ހޫނު ވީމައި ސާގުކޮޅު އަޅާލުމަށްފަހު ސާގުކޮޅު މަޑުވަންދެން ކައްކާލާށެވެ. ސާގު ކޮޅު މަޑު ވީމައި ތެލީގައި ހުރި ފެންފޮދު އުކާލުމަށްފަހު، އަލުން ފެން އަޅާލުމަށްފަހު ސާގުކޮޅު ރަނގަޅަށް ދޮވެލާށެވެ. ސާގުކޮޅު ދޮވެލަން އެޅި ފެންފޮދު އުކާލުމަށްފަހު، ރާނބާފަތް ، ކާފޫރުތޮޅި ، ފޮނިތޮށި އަދި ހަކުރު އެޅުމަށްފަހު އުނދުން މައްޗަށް އުނދާށެވެ. ހަކުރުކޮޅު ވިރެންދެން ދޭފަތަކުން ހަލަމުން ރަނގަޅަށް ކައްކާލާށެވެ. ހަކުރުކޮޅު ވިރުނީމައި ގެރިކިރު ދަޅު އޮއްސާލުމަށްފަހު 2 މިނެޓެއް ހާއިރު ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ.
ސާގު ބޮޑިބަތުގެ ކުލަ ރީތ ކޮށްލަން ބޭނުންނަމަ އުނދުން ނިއްވާލުމުގެ ކުރިން ބޭނުން ކުލައެއްގެ ކުލަކޮޅެއް އަޅާލާށެވެ.