ރާއްޖޭގެ ޒަކާތުފަންޑުން ޣައްޒާގެ އަޚުންނާ އުޚުތުންނަށް އެއްލައްކަ ޑޮލަރު ފޮނުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރާއްޖޭގެ ޒަކާތުފަންޑުން ޣައްޒާގެ އަޚުންނާ އުޚުތުންނަށް އެއްލައްކަ ޑޮލަރު ފޮނުވަނީ!

"ޒަކާތު ފަންޑުން ޣައްޒާގެ އަޚުންނާ އުޚުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް އިންޝާ ﷲ. މީގެ ކުރިން ވެސް ދިވެހިރައްޔިތުންގެ ޤައުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވޭ.

ޒަކާތު ފަންޑުން ފުރަތަމަ މަރުޙަލާގައި ފޮނުވަން ޤަސްތުކުރަނީ 1 ލައްކަ ޑޮލަރު. މި ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހައިގެން، މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް. މިއީ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭކަމެއް. މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު."

- އިސްލާމީ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން