މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ފަޅުފަޅުން ދޫކޮށްފައިހުރި ގޯތިތައް ލިބުނު މީހުންނަށް، ވަގުރީ ލިޔުން ހަވާލުކޮށްފިއެވެ.
މިކަމާގުޅިގެން ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފައިވާކަމަށާއި މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެކަމަށެވެ.
މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ފަޅުފަޅުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދެއްވާނެކަމަށެވެ.