ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ދެމަފިރިން ވަކިވުމަކީ ދަރިންނަށް ޚަރަދުނުކުރުން ހުއްދަވާނެ ކަމެއްތަ؟
އެހީ: ދަރިން ލިބުމުން އެކުދިން ބޮޑެތިވަންދެން (ޤާނޫނީ ޢުމުރު ހަމަވަންދެން) އެކުދިންނަށް ޚަރަދުކުރުމަކީ ބައްޕައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އަނބިމީހާގެ ސަބަބުން ކައިވެނި ރޫޅުނަސް އަދި ފިރިމީހާ ބޭނުންވެގެން ރޫޅައިލި ނަމަވެސް ވާޖިބް އަދާކުރަންޖެހޭނެއެވެ. ވާޖިބް އަދާނުކޮށްފިނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.