ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު, މި އަހަރުގެ ފިތުރު އީދު ދުވަހު,  އީދު ސަލާމް ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވާފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގައެވެ.

ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރެއްވުމަށް ވަރަށް ގިނަ އާންމުން ވަނީ ގޮސްފައެވެ.

ރައީސް ވަނީ މިފަހަރުގެ އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފައެވެ.

އީދު ދުވަހުގައި ރައީސްގެ ދެކަނބަލުން ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުންދާ ކަމެކެވެ. އީދު ދުވަސްތަކުގައި އެންމެ ގިނައިން އީދު ސަލާމްް ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އީދު ދުވަސްތަކުގައި ސަލާމް ކުރެއްވުން ކުރިއަށް ގެންދެވިއެވެ.

އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ކޮވިޑުން އަރައިގަނެ، އާންމު ހާލަތަކަށް އައި ފަހުން ވެސް އީދު ދުވަސް ދުވަހު ސަލާމް ކުރަން ވަކި ހާއްސަ އިވެންޓެއް ބާއްވާފައި ނެތެވެ.

 

މިއަދު އޮންލައިން