ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ގިނަ އަންހެނުންނާ ކައިވެނިކޮށް އަނބިންގެ އަދަދު ގިނަކުރުމަކީ މުސްލިމް ކޮންމެ ފިރިހެނަކު ކުރަންޖެހޭ ކަމެއްތަ؟
އެހީ:
"މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ މައްސަލައެކެވެ. އެހެނީ ކައިވެނިކުރުމަށްފަހު އަމަލުކުރަންޖެހޭ ގޮތަށް ވިސްނާލާށެވެ! ފުރަތަމަ ކަމަކީ ކައިވެނިކުރުމަށްފަހު އަނބިމީހާ އިންނާނެތަނަކާއި ކާބޯތަކެއްޗާއި ބަލިވެއްޖެނަމަ ބޭސްފަރުވާއާއި އުނުއަންނައުނާއި މިހެންގޮސް އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރިވަރަކުން އަނބިމީހާގެ ބޭނުންތައް ފުއްދައިދޭން ޖެހެއެވެ.
ދެވަނަ ކަމަކީ އަނބިންނަށް ވަގުތުދޭނެ ޖެހެއެވެ. 3 ވަނަ ކަމަކީ އަނބިންގެ މެދުގައި ހަމަހަމަކުރަންޖެހެއެވެ.
އެންމެ ފުރަތަމަކަމަކަށް ވިސްނައިލަންވީ "ކައިވެނިކުރުމަށްފަހު އަނބިމީހާ އިންނާނެތަނަކާއި ކާބޯތަކެއްޗާއި ބަލިވެއްޖެނަމަ ބޭސްފަރުވާއާއި އުނުއަންނައުނާއި މިހެންގޮސް އަނބިމީހާގެ ބޭނުންތައް ފުއްދައިދޭން ޖެހެއެވެ. އަނބިމީހާއަށް ވަގުތުދޭނެ ޖެހެއެވެ." މިކަންކަން ކޮށްނުދެވޭނެ މީހަކަށް އޮތީ އެންމެ އަންބަކަށްނަމަވެސް ކައިވެނިނުކޮށް ހުރުމެވެ.
އެހެން އެކަން އޮތް އިރު މިބަޔާންކުރި ކަންކަން ކޮށްނުދެވޭނެ ޙާލުގައިވެސް "މިއީ ސުންނަތޭ" ކިޔައި ގިނަ އަނބިން ހޯދަން މަސައްކަތްކުރާނަމަ އެމީހަކުވާނީ ސުންނަތަށް އަމަލުކުރަން އުޅޭ މީހަކަށް ނޫނެވެ. ސުންނަތާއި ޚިލާފްވާން މަސައްކަތްކުރާ މީހަކަށެވެ."
- މުފްތީ މެންކުގެ ދަރުސަކުން
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.