ރަބީއުވިލާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް އެ ސަރަހައްދަށް ވަޑައިގެން ހާލަތުބައްލަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ރަބީއުވިލާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް އެ ސަރަހައްދަށް ވަޑައިގެން ހާލަތުބައްލަވައިފި

ރަބީއުވިލާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ވަޑައިގެން ހާލަތުބައްލަވާލައްވައިފިއެވެ.

މިހާދިސާ ހިނގިތާ ގިނަ އިރުތަނެއް ނުވަނީސް އެ ސަރަހައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފާނުގެ ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވައި، ލިބުނު ގެއްލުންތައް ބައްލަވާލައްވާފައެވެ. އެހެން ނަމަވެސް ރައީސް އެ ސަރަހައްދަށް ވަޑައިގެންއިރު، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މިހާދިސާ ގައި އެގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެގެ ހިމެނެ ކެނެރީ މަގުވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކޮށްފައިކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އިމާރާތުގައި ބަޔަކު ނުޅޭތާ ހަ ވަރަކަށް އަހަރު ވެދާނެއެވެ. 

މިއަދު އޮންލައިން