11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރަނީ

އިތުރު 11 ‎ރަށެއްގައި އައިސް‎ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ‎ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ،‎ ޅ.ނައިފަރު، އއ.ރަސްދޫ، މ.ވ ވަށް، ދ.ބަނޑިދޫ، ދ.މީދޫ ‎އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ފަސް ‎އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ‎ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ‎ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

މި 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެކެވެ. މިހާރުވެސް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވެއެވެ. 

މިހާރު ގާއިމްކުރެވިފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ‎ހޯދުމުގެ ‎މަސައްކަތްތައްވެސް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ކުރަމުންދާކަމަށް މިނިސްޓްރީ ބުނެއެވެ.

މިއަދު އޮންލައިން