ކޮފީއަކީ ވަރަށް ރަނގަޅު ގުދުރަތީ ފަރުވާ ހިމެނޭ ބާވަތެކެވެ. މިއީ ހަމައެކަނި ބުއިމެއް ކަމަށް ގަބޫލުނުކުރާށެވެ. ކޮފީއިން ހިފޭ އެތައް ބައިވަރު އެހެނިހެން ބޭނުންތައްވެސް ހުރެއެވެ. ހާއްސަކޮށް އިސްތަށިގަނޑާއި މޫނުގެ ހަމާއި ލޯ ކައިރިއަށް ދޭ ފަރުވާއަކަށް ކޮފީ ވަރެއް ނޯންނާނެކަން ގައިމެވެ.
1- ކޮފީއަކީ ހަންގަނޑު އެކްސްފޯލިއޭޓްކުރާ އެއްޗެއް ކަމުން މިއީ ވަރަށް މޮޅު ފޭސް ސްކްރަބް އެކެވެ.
* ކުޑަކުޑަ ކާށި ތެޔޮ ފޮދަކާއި ކުޑަ ޔޯގަޓް ކޮޅެއްގެ ތެރެއަށް ސަމުސަލެއްގެ ކަޅުކޮފީ އަޅާށެވެ.
* ރަނގަޅަށް އެއްކޮށް ޕޭސްޓެއް ހަދާލާށެވެ.
* އެއިން މޫނު މަސާޖު ކޮށްލާށެވެ.
މިޕޭސްޓުން މޫނުގެ ހަމުގައި މަރުވެފައިވާ ހަންކޮޅުތައް ނެއްޓި މޫނު ސާފު ވާނެއެވެ.
2 - ލޯކައިރި ކަޅުވެ ފުފިފައި ހުންނަތަންތަން ރަނގަޅުކޮށްލުމަށް
* ކޮފީ، މާމުއި އަދި ޔޯގަޓް ކޮޅެއް އެއްކޮށްލާށެވެ.
* އަދި އެ ފޭސްޓްކޮޅު ލޯ ކައިރީގައި ހޭކުމަށްފަހު ދިހަ ވަރަކަށް މިނެޓު ބަހައްޓާށެވެ.
ލޯ ކައިރީގައި ލޭ ދައުރުވުން އިތުރުވެ ދުޅަވުން ކުޑަވާނެއެވެ.
3- ހަމުގެ ދަށުގައި ޖަމާވެފައި ހުންނަ ސަރުބީ ނައްތާލައި ހަންގަނޑު އޮމާން ކޮށް ބެހެއްޓުމަށްވެސް ކޮފީ ބޭނުން ކުރެވޭނެއެވެ.
* ސަމުސަލެއްގެ ކޮފީއާއި ސަމުސަލެއްގެ އޮލިވް އޮއިލް އަށް ކުޑަހަކުރު ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ހަދާލާށެވެ.
* އަދު ހަމުގައި ކަޅުވެފައި ހުންނަ ތަންތަނުގައި ހާކާލާށެވެ.
4 - އިސްތަށިގަނޑު ވަރުގަދަކޮށް ވިދުން ގަދަކުރުމަށްވެސް ކޮފީ މިއީ ފިސާރި މޮޅު ބޭހެކެވެ.
* އޮލަކޮށް ކޮފީކޮޅެއް ގިރާލުމަށްފަހު އިސްތަށިގަނޑު ޝޭމްޕޫއިން ދޮވެލާފައި ކޮފީ އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ.
* އަދި ރީތިކޮށް ދޮވެލާށެވެ.
މިހާރު އިސްތަށިގަނޑުގެ ކުލަ ރީތިވެ އޮފް އަރާނެއެވެ.