އެއާޕޯޓް ކުންފުނިން ހިންގަމުން ދިޔަ ލ. ކައްދޫ އެއާޕޯޓް އާރުއޭސީއެލް އަށް ބަދަލުކޮށްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެއާޕޯޓް ކުންފުނިން ހިންގަމުން ދިޔަ ލ. ކައްދޫ އެއާޕޯޓް އާރުއޭސީއެލް އަށް ބަދަލުކޮށްކޮށްފި

ކައްދޫ އެއާޕޯޓް ކުންފުނިން ހިންގަމުން ދިޔަ ލ. ކައްދޫ އެއާޕޯޓް, ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އަށް ބަދަލުކޮށްކޮށްފިއެވެ. 

މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި ކައްދޫ އެއާޕޯޓް ތަރައްގީކުރަންވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ސީއެމްސީ އިންޖިއަރިން ކުންފުންޏާއެވެ. 

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތޮލިބުއެވެ. ސީއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)ގެ ޖެނެރަލް މެނޭޖާ، ލީ ވެއިވެއެވެ. 

ގާދޫގައި ގާއިމު ކުރަން ހަމަޖެހިފައިވާ މެރިޓައިމް ހަބުގެ މަސައްކަތްވެސް މިރޭ ވަނީ ކޮންޓްރެކްޓަރުންނާއި ހަވަލުކޮށްފައެވެ. 

މި ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހިމްއެވެ. އަދި  ސީއެމްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުއެވެ. 

ކައްދޫގެ އެއާޕޯޓު ތަރައްގީ ކުރުމާއި، ގާދޫގެ މެރިޓައިމް ހަބު ގާއިމުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެއާޕޯޓައި ހަބުގެ ސަބަބުން ލާމު އަތޮޅަށް އެތައއް ކުރިއެކުމެއް އަންނާނެ ކަމަށްވެސް ރައިސް ވަނީ ފާހަގަކުރައްވާފައިއެވެ.

 

މިއަދު އޮންލައިން