ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް ބޮޑުފިނޮޅު ހިންގާނަން: ފަރުވެރިކަމާބެހޭ ވަޒީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް ބޮޑުފިނޮޅު ހިންގާނަން: ފަރުވެރިކަމާބެހޭ ވަޒީރު

ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް ބޮޑުފިނޮޅު ހިންގާނެކަމަށް ފަރުވެރިކަމާބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ލ.ގަމުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންް ވަޒީރު ވިދާޅުވީ ޚާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން ބޮޑުފިނޮޅަކީ މަންފާ ލިބޭ ތަނެއްގެ ގޮތުގައި، ތަރައްޤީކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"ބަދަލުދީ މިދިޔަ ސަރުކާރުގައި އެރަށް ސަރުކާރަށް އޮތީ ނަގާފައި. މިހާރު ޓޫރިޒަމް މިނިސްޓްރީ ދަށަށް ވަނީ ބަދަލުކޮށްފައި. ޚާއްސަ އިސްކަމެއް ދީގެން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް ހިންގާނަން. އަދި ވިޒިޓަރސް ކައުންސިލުން ފާސްކޮށްފައިވާ ހެރިޓޭޖް ޕްރޮޖެކްޓް ލ.އަތޮޅުގައި ހިންގާނަން." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވިއެވެ.

އަދި މީގެއިތުރުން އައްސޭރި ޕްރޮޖެކްޓްގެ ނަމުގައި، 700 ޓޫރިސްޓް އެނދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ލ.އަތޮޅުގައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން