ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްދކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ނެރުބަޔާނާ ގުޅިގެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނުބަޔާނެއްގައި ބުނެފައިވަނީ ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ އެ ކޯލިޝަނުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމާއި ބައިވެރިވުމުގެ ފުރުސަތު ދެއްވުންކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން، ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި އެމްޑީޕީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއްނަމަވެސް، މި ސަރުކާރަކީ އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫންކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.
ނޫސްބަޔާން pic.twitter.com/a2qqTpizEd
— PNC Secretariat (@pnc_secretariat) April 13, 2024