ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި

ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ މީދޫއާއި ހުޅުމީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށަފައިވަނީ މިއަދު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދޫއިން 11.7 ހެކްޓަރުގެ ބިން ހިއްކާނެކަމަށާއި އަދި މީދޫއިން 20.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެއިތުރުން 5 ހެކްޓަރުގެ ދެ ރަށާއި، ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމަސައްކަތަށް ޖުމްލަ 180 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މުއްތޮލިބު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން