ރައީސް ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ސިމެންތިވެލިއަޅާފައި: ވަޒީރު ސައީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ރައީސް ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ސިމެންތިވެލިއަޅާފައި: ވަޒީރު ސައީދު

ރައީސް ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ސިމެންތިވެލިއަޅާފައިކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ، "މިއޮއްހައި ދުވަހު އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ރައީސް ޞާލިޙް ހެއްދެވީ "ބުޙުތާނުދޮގު" ކަމަށާއި 5 އަހަރު ވަންދެން މަގުތައްކޮނެ، ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިކޮއްފައި، ރައީސް ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ ތާރުކަމަށްބުނެ ސިމެންތިވެލިއަޅާފައި ކަމަށެވެ.

މިދިޔަ ސަރުކާރުން ފެށި އައްޑޫގެ މަގުހެދުމުގެ މަޝްރޫޢަކީ އައްޑޫސިޓީގެ 100 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ހެދުމުގެ މަސައްކަތެވެ. ނަމަވެސް އޭރުގެ ސަރުުކާރުން ނިންމާފައިވަނީ 100 ކިލޯމީޓަރުގެ ތެރެއިން ހަމައެކި 40 ކިލޯމީޓަރުގެ ސަރަައްދެއްގައި ތާރަ އެޅުމަށްފަހު ބާކީއޮތް 60 ކިލޯމީޓަރުގެ ސަރަހައްދުގައި ސިމެންތިލޭޔަރެއް އެޅުމަށެވެ. 

މިއަދު އޮންލައިން