ޒަމާނީ ބަދަލުތަކާއެކު ކުޅުދުއްފުށީ އެއަރޕޯޓްގައި މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޒަމާނީ ބަދަލުތަކާއެކު ކުޅުދުއްފުށީ އެއަރޕޯޓްގައި މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައިފި

ޒަމާނީ ބަދަލުތަކާއެކު ކުޅުދުއްފުށީ އެއަރޕޯޓްގައި މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައިފައި ވާކަމަށް  ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ސަރުކާރުގެ ހަފްތާ-14ގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށެވެ. އެގޮތުން ޓަރމިނަލްގެ ޖާގަ ކުޑަވުމާއި ވަސީލަތްތަކުގެ ދަތިކަމާއި އެއަރޕޯޓް ބޭނުންކުރުމުގައި އާއްމުންގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ޒަމާނީ ބަދަލުތަކާއެކު މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން މިހާރު އެކުލަވާލާފައިވާކަމަށެވެ. މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ ބީލަމަށް ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައްކަމަށެވެ.

"މިހާރުގެ ޓަމިނަލްއިން ޚިދުމަތް މުޅިން ހުއްޓާލާނަން. މިއީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. އެންމެ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާނީ." ރީޖަނަލް އެއަރޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވިއެވެ.

މިއަދު އޮންލައިން