އައްޑޫ ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އައްޑޫ ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ފަށައިފި

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު, ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާއަޅައިފިއެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ.

މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް އަލީ އިހުސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ހުސްވައުދު ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ދައުރުގެ ކުރީ ކޮޅު ފަށައި ކުރިޔަށް ގެންދާކަމީ އެކަމުގެ ހެއްކެއް ކަމަށެވެ.

މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މިއަދު އޮންލައިން