ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށް: ހީނާ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށް: ހީނާ

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ބަދަލުހިފުމަށް ކަމަށް މަޖިލިސް އިންތިޚާބަށް ޕީޕީއެމް/ޕީއެންސީން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މެހެން ވިދާޅުވީ އެމްޑީޕީއަށް އަޣުލުބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރާނެކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ހީނާ ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އިދިކޮޅު އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށްކަމަށް ކަމަށާއި މިކަންކަން މިހާރު އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ދައްކާ ވާހަކަތަކުން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ. އެގޮތުން، އެމްޑީޕީން އެޖެންޑާ 20 ގެނައުމުގެ އެންމެ ބޮޑު މަޤްސަދަކީ ވެސް އެއީ ކަމަށް ހީނާ ވަނީ ތުހުމަތުކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި ކަމަށާއި އަދި، ރައީސުލްޖުމްހޫރިއްޔާ މިހާރު މަސައްކަތްކުރައްވަނީ، މި ޤައުމު ހަމައަކަށް އެޅުވުމަށްކަމަށް ހީނާ ވިދާޅުވިއެވެ. 

މިއަދު އޮންލައިން