އެޗްޑީސީ އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އެޗްޑީސީ އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އެޗްޑީސީން މި އެހީ ރައްދުކޮށްފައި ވަނީ ޣައްޒާއަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެވެ.

އެކަމާއި ގުޅިގެން އައިއޭސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އެޗްޑީސީން ދެމުންދާ އެއްބާރުލުމާއި އިސްނެގުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އައިއޭސީން ބުންޏެވެ. 

މީގެ އިތުރުން އައިއޭސީން ބުނީ، އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށެވެ. 

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މި ހަމަލާތަކުގައި 76،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައުވެސް ވެއެވެ.

 

މިއަދު އޮންލައިން