ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ހުއްޓިފައި އޮތް ހއ. ހޯރަފުށީ ބިން ހިއްކުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް އަލުން ފަށައިފިއެވެ.

މިދިޔަ ސަރުކާރުން ފެށި އެހެންނަމަވެސް ބިން ހިއްކުމުގެ މަސައްކަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަމުންދިޔަ ޑްރެޖަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު މަސައްކަތް ހުއްޓިފައިވާ މި މަޝްރޫއު އެމް.ޓީ.ސީ.ސީ އިން އަލުން ވަނީ ފަށާފައެވެ.

މިކަމާގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ސައިޓަށް ވަޑައިގެން މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު 85 އިންސައްތަ ވަނީ ނިމިފައެވެ. އަދި އަމާޒަކީ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މިއަދު އޮންލައިން