ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓިސީސީއާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓިސީސީއާއި ހަވާލުކޮށްފި

ކ.ގުޅިފަޅާއި ކ.ގިރާވަރުފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓިސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ޠަޢާމް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ދެ ފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާ ގުޅޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

މި މަސައްކަތް އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ 5 މަސްދުވަހުން ނިންމާގޮތަށެވެ.

 

މިއަދު އޮންލައިން