16 ރަށެއްގެ ފެނާއި ނަރުދަމާގެ ހުއްޓިފައިވާ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
16 ރަށެއްގެ ފެނާއި ނަރުދަމާގެ ހުއްޓިފައިވާ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށަނީ

16 ރަށެއްގެ ފެނާއި ނަރުދަމާގެ ހުއްޓިފައިވާ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ޢަބްދުލްމަތީން ވިދާޅުވީ، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއި މަޝްވަރާކުރެވި، 16 ރަށެއްގެ، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމުގެ މަސައްކަތް، މިހާރު ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން އެރަށްރަށަށް ގޮސް ސަރވޭކޮށް، މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމަށްފަހު މިހާރު އެވުޒާރާއަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށެވެ.

އެމްޑަބްލިޔުއެސްސީން މަސައްކަތް ނިންމުމަށް ހަވާލުވެފައިވަނީ 11 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށާއި 5 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށެވެ.

"މިދެންނެވި ރަށްރަށުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއޭޕްރީލް މަސްތެރޭގައި އަޅުގަނޑުމެން ފަށާނަން، އެމަސައްކަތް އަޅުގަނޑުމެންނާއި ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިވަނީ ނިމިފައި" ޢަބްދުލްމަތީން ވިދާޅުވިއެވެ.

މިއަދު އޮންލައިން