އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީގެ އޮފީހެއް ހިތަދޫގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި އެ ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އާރް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައިވާއިރު  މި މަސައްކަތަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. 

މިއަދު އޮންލައިން