ތިން ރަށެއްގަ އައު ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ތިން ރަށެއްގަ އައު ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ އަލިފުއްޓާއި ނ މަނަދޫގެ އިތުރުން މ. މުލީގައި ހޮސްޕިޓަލު އެޅުމަށެވެ.

މ.މުލީ އަދި ނ މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. 185 މިލިއަން ރުފިޔާގެ މި ދެ މަޝްރޫއުއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މަޝްރޫއުތަކެކެވެ. މީގެ އިތުރުން ރ. އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އަޅަން ހަވާލުކޮށްފައިވާއިރު، އެރަށުގައި ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމާފައިވަނީ އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާއި އެރަށާއި ދުރުވުމުގެ ސަބަބުންނެވެ.

މި 3 ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. 

 

މިއަދު އޮންލައިން