ހިތަދޫ ޕޯޓު ތަރައްޤީކުރާނީ މި ޞަރަޙައްދަށް އަންނަ އެންމެ ބޮޑު ބޯޓުފަހަރު ތަކަށްވެސް ޚިދުމަތް ދެވޭގޮތަށް: އެމްޕީއެލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތަދޫ ޕޯޓު ތަރައްޤީކުރާނީ މި ޞަރަޙައްދަށް އަންނަ އެންމެ ބޮޑު ބޯޓުފަހަރު ތަކަށްވެސް ޚިދުމަތް ދެވޭގޮތަށް: އެމްޕީއެލް

ހިތަދޫ ޕޯޓު ތަރައްޤީކުރާނީ މި ޞަރަޙައްދަށް އަންނަ އެންމެ ބޮޑު ބޯޓުފަހަރު ތަކަށްވެސް ޚިދުމަތް ދެވޭގޮތަށް ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމާތުދެއްވަމުން ވަޖީހު ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރަމުންގެންދާ މަސައްކަތުގެ ދަށުން ޕޯޓަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި ޕޯޓު ތަރައްޤީކުރާނީ މި ޞަރަޙައްދަށް އަންނަ އެންމެ ބޮޑު ބޯޓުފަހަރު ތަކަށްވެސް ޚިދުމަތް ދެވޭގޮތައްކަމަށެވެ. އެގޮތުން ކީވޯލް އާއި ޓާމިނަލްވެސް ބޮޑު ކުރާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނުން އެބަހުރި ސަރުކާރާއި ވާހަކަދައްކައިގެން މިތާނުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ޤާއިމްކުރުމަށް. އިންޓަނޭޝަނަލް ފިޝް ހަބަކީ ރާއްޖެއަށް ފަހަރުގައި އައު ކަމަކަށް ވެދާނެ. އެހެންނަމަވެސް އެކަމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރާ ކަމަކަށްވާތީވެ އަޅުގަނޑުމެން އެވާހަކަވެސް މިހާރު ދައްކަމުން އެބަ ގެންދަން ޗައިނާގެ ކުންފުނިތަކާއިއެކުގައި. އެމީހުންގެ ފިޝް ހަބްތަކެއް އެބަހުރި ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް." ވަޖީހު ވިދާޅުވިއެވެ.

ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މަޝްވަރާ ކުރާ ކުންފުނިތަކާއިއެކު ކުރިއަށްއޮތް 2 މަސްތެރޭ މަޝްވަރާތައް ނިންމާލެވޭނެކަމަށާއި އެއަށްފަހު ކޮންޓްރެކްޓަރ ފައިނަލް ކުރެވި، އޭގެ 2 މަސް ފަހުން ބަޔަކާއި ބަނދަރު ހަވާލުކުރެވިގެންދާނެކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

މިއަދު އޮންލައިން