އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަށް ނައިބު ރައީސް އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަށް ނައިބު ރައީސް އެދިވަޑައިގެންފި

އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.

ދައުލަތުގެ މީޑިިއާއާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑު ނިންމުމެއް ނިންމުމަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި މީގެކުރިން ބޭއްވި އެހެން އިންތިހާބުތަކަށް ބަލާލާއިރުވެސް ފެނިގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިދޭ ފަރުދީ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާ މަންޒަރުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން މިފަހަރުވެސް އެކަން އެގޮތަށް ކުރައްވާނެކަން ވަރަށް ބޮޑަށް ޔަޤީންކުރައްވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ދިވެހި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުންކަމަށެވެ.

"އިންތިހާބު ކޮންމެ ގޮތަކަށް ނިމިގެން ދިޔަސް ރައްޔިތުންގެ ތެރޭގައި ސުލްހަ މަސަލަސްކަން އޮތުން އެއީ ކޮންމެ ރައްޔިތަކުވެސް އެދޭނެ ގޮތް. އެގޮތުގެ މަތިން ޤައުމުގެ މަސްލަހަތު އިސްކުރުން އެއީ އަޅުގަނޑުގެ އެދުމަކީ ހުރިހައި ރައްޔިތުންގެ އަރިހުން. އަދި ސިޔާސީ ޕާޓީތަކަށްވެސް ދޭންބޭނުންވާ މެސެޖަކީ އެއީ." ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން