މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ޖީހާން މަހްމޫދު އިންތިހާބުން ބަލިކޮށް މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.
މި އިންތިހާބުން ޖީހާން މަހްމޫދު ބަލިވުމަކީ ސިޔާސީ ގޮތުން ބަލާއިރު އެ ރަށަށް އައި ބޮޑު ބަދަލެކެވެ.
ޖީހާންގެ ކުރީން ފަސް ދައުުރު ހިންނަވަރު ދާއިރާގެ މެންބަރު ކަން ކުރެއްވީ ރައީސް ސޯލިހެވެ.