އަލްޙަމްދުލިﷲ! މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގަ ސަރުކާރަށްނަޞްރު ދެއްވަވައިފި! މެޖޯރިޓީ ސަރުކާރަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަލްޙަމްދުލިﷲ! މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގަ ސަރުކާރަށްނަޞްރު ދެއްވަވައިފި! މެޖޯރިޓީ ސަރުކާރަށް!

މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރުހިންގާ ޕާޓީ ޕީއެންސީ އަށް ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށް ބެލެވިއްޖެއެވެ. އަލްޙަމްދުލިﷲ! 

މި އިންތިހާބުގައި އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ގެއްލިފައިވާއިރު އޭގެތެރެއިން ގިނަ ގޮޑިތަކެއް ކާމިޔާބު ކޮށްފައިވަނީ ސަރުކާރުހިންގާ ޕާޓީ ޕީއެންސީިން ނެވެ.

އެންމެފާހަގަކޮށްލެވޭ ގޮނޑިއަކީ ވޭތުދިޔަ 25 އަހަރު މެދުކެނޑުމެއްނެތި އެމްޕީޕީން ރަސްކަންކުރަމުންއި ހިންނަވަރު ދާއިރާގެ ގޮނޑި މިފަހަރު ވަނީ އެމްޑިޕީއަށް ގެއްލިފައިކަން ގާތްގަނޑަކަށް ޔަޤީންވެފައެވެ. މިހާރުގެ މެންބަރު ޖީހާން މަހުމޫދަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓު ވަނީ ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮޑިވެސް ވަނީ އެމްޑީޕީއަށް ގެއްލި ޕީއެންސިއަށް ލިބިފައެވެ. މީގެއިތުރުން ލ. ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ރައީސްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހިތަދޫ މެދު ދާއިރާއަކީވެސް އެމްޑީޕީން ދިފާޢުކުރަމުން އައި އަދި އެޕާޓީއަށް ވަރަށް ޔަޤީން ގޮނޑިއެކެވެ. ނަމަވެސް އެދާއިރާގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ފަހަތަށް ޖައްސާލުމަށްފަހު ޕީއެންސީގެ އަޙްމަދު އަޒާނެވެ.

މިއަދު ބޭއްވި މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު މިހާރު ވޯޓުގެ މިސްރާބު ހުރިގޮތުން މަޖިލީހުގެ ސުޕާ މެޖޯރިޓީވެސް ސަރުކާރަށް ލިބޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތެވެ. 

މިއަދު އޮންލައިން