މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު، ނޫސްވެރިޔާ އަހުމަދު އަޒާން ކާމިޔާބު ކުރައްވައިފިއެވެ.
ފުރަތަމަ ފަހަރަށް އައްޑޫގެ ހިތަދޫ ގޮނޑި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ކާމިޔާބު ވެފައިވާއިރު މިހާތަނަށް ލިބިފައިވާ ނަތިޖާއަށް ބަލާއިރު ހިތަދޫ މެދު ދާއިރާގެ ގޮނޑި އަޒާން ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.
މިއަދުނޫހުގެ ކުރީގެ ޓްރާންސްލޭޓަރ އަޒާން މި ކާމިޔާބީއާޢި ގުޅިގެބް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިންތިޚާބުގައި ވޯޓު ދިން ހުރިހާ ރައްޔިތުންނަށާއި ކެމްޕެއިނުގައި އެކުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާ ކުރައްވާފައެވެ.